ވިޔަފާރި
ސަސްޕެންޑް ކުރި އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި
ސަސްޕެންޑްގައި ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަހްމަދު އަލީއާ ގުޅޭ ސީރިއަސް ޝަކުވާތަކެއް ހުށަހެޅުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ ސަސްޕެންޑް ކުރީ މިއަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހު އެވެ.

މައްސަލަތައް ބަލަމުން ދަނިކޮށް އަހްމަދު އަލީ އިސްތިއުފާ ދެއްވީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް އެނގިފައިވެ އެވެ.

އަހްމަދު ސަސްޕެންޑް ކުރީ މުސާރަ ހިނގާ ގޮތަށް 30 ދުވަހުގެ މުއްދަތަކަށެވެ. 

މުސާރަ ހިނގާ ގޮތަށް އަހްމަދު އަލީ ސަސްޕެންޑް ކުރީ ސީއެސްސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު