ޚަބަރު
ރޯދަ މަހު ސްކޫލުތައް ފަށާނީ 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި
ކުރިއަށް އޮތް ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރޯދަ މަހު އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔެވުން ފަށާނީ ހެނދުނު 8:30 އާއި9:00 އާ ދެމެދު ކަމަށެވެ. އެންމެ ލަސްވެގެން މެންދުރުފަހު 3:00 ގައި ކިޔެވުން ނިންމާލަންޖެހެ އެވެ.

ރޯދަ މަހު ކިޔަވައިދޭ ޖުމްލަ ވަގުތު މަދު ކަމުން ގަޑިއެއްގެ ދިގުމިން 45 މިނެޓަށް ވުރެ ދިގު ނުކުރުމަށްވެސް ސްކޫލުތަކަށް ވަނީ އަންގާފަ އެވެ. އެކަމަކު ރޯދަ މަހު ހުރިހާ މާއްދާއެއްވެސް ކިޔަވައިދެވެން ވާނެ ކަމަށްވެސް އަންގާފައިވެ އެވެ.

މީގެ އިތުރުން ޓީޗަރުންގެ މަސައްކަތުގެ ގަޑި ހަތަރު ގަޑިއިރަށްވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށްދާ ވަގުތުގައި އިދާރީ މުވައްޒަފުންގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ދިނުމަށް ވެސް މިނިސްޓްރީން ވަނީ އެ ސާކިއުލާގައި އަންގައިފަ އެވެ.

އަދި ރޯދަ މަހުގެ ދުވަސްތަކުގައި ހަވީރު 4:00 އިން ރޭގަނޑު 9:00 އާއި ހަމަޔަށް އެއްވެސް އިތުރު ހަރާކާތެއް ކުރިއަށް ނުގެންދިޔުމަށް މިނިސްޓްރީން އެންގި އެވެ

ސެކަންޑްރީ ގްރޭޑުތަކުގެ ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި އިތުރު ހަރަކާތް ހިންގާނަމަ 9:00 އާއި 10:30އާ ދެމެދު ރޭވުމަށް ވެސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

މި އަހަރުގެ ރޯދަމަހު ކިޔަވައިދޭނީ ފުރަތަމަ 20 ދުވަހެވެ. ފަހު ދިހައިގައި ސަރުކާރު ބަންދުވުމާއެކު ދަރިވަރުންނަށް ވެސް އެ ދުވަސްތައް ބަންދުވާނެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު