ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަރުކާރު ކުރިއަށްދަނީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭނެކަމަށްވީ ވައުދާ އެއްގޮތަށް: ރައީސް
މަރިޔަމް އަނާ
05 ފެބުރުއަރީ 2024 - 12:12
0
comments
Tweet
Telegram
ސަރުކާރު ކުރިއަށްދަނީ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.
ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ނުދިނުން
ޤައުމަށް ހަމަޖެހުން އަންނަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށެވެ. އަދި އެ ރޮނގުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާނެކަމަށާއި، ހަމައެއާއެކު ޤާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރުޢީ ދާއިރާއަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާނެކަމަށާއި، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިވަޑައިގެންފިނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ކުށްކުރާ މީހުންނަށް މަގުދައްކައިދީ އަލުން މުޖުތަމަޢަށް ގެނައުން
ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، ސަރުކާރުން ޤާނޫނުތައް އެކަށައެޅުމުގައި ގެންގުޅޭ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުންކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މަސައްކަތްކުރަނީ ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެތަންތަނަކީ އޯގާވެރިކަމާއެކު އިޞްލާޙުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، "ވާނުވާ"ގައި، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށްޓަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުތެރޭގައި ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ ވަހުދަތު ފުޅާކުރުން
މިއަދުގެ ރިޔާސީ ބަޔާނުގައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާއި ސުލޫކު މުޖްތަމަޢުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސް އަލުން އުފައްދަވާފައިވާކަން ފާހަގަ ކުރައްވައި، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނަ އިތުރުކޮށްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އާ 6 މިސްކިތް އަޅަން ހަވާލުކޮށްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޕީ.އެޗް.ޑީ. ފެންވަރަށް އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާކަންވެސް އެމަނިކުފާނު ބަޔާން ކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުންނަށް، މި ދައުރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ދެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މި އަހަރު ތެރޭގައި 50 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރުމުގެ ގޮތުން ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެންދިއުން ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިސްލާމީ މުނާސަބާތަކާއި ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާއި އުފާ ފާގަތިކަމާއި އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން ފާހަގަކުރައްވާނެކަމުގައެވެ. މީގެ އިތުރުންވެސް ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ރޭވިފައިވާ މުހިންމު ކަންކަމުގެ މައްޗަށް ރައީސްގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ގަޑިއިރު ކުރިން
0
ދީމާ މުޅި ގައުމު ފަހުރުވެރިކޮށްދީފި: ރައީސް
15 ގަޑިއިރު ކުރިން
0
އުމްރާ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވައިފި
21 ގަޑިއިރު ކުރިން
0
ސިންގަޕޫރުގެ އާ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
1 ގަޑިއިރު ކުރިން
0
މަސްތުވާތަކެއްޗާއެކު މާލެއިން 5 މީހަކު ހައްޔަރުކޮށްފި
1 ގަޑިއިރު ކުރިން
0
ހޯރަފުށީ ހޮސްޕިޓަލާއި ގުޅޭ އަޕްޑޭޓް އޮޅުން ފިލުއްވައިފި
13 ގަޑިއިރު ކުރިން
0
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި
13 ގަޑިއިރު ކުރިން
0