ޚަބަރު
އިއްޔެ އިއްވެވީ އެންމެ ފުރިހަމަ ރިޔާސީ ބަޔާން: ގާސިމް
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭޕީގެ ލީޑަރު ގާސިމް: ދެ ބޭފުޅުން މިއަދު ވަނީ ބައްދަލުކުރައްވާފައި
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް ރައީސަކު އިއްވެވި އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ގާސިމް ވިދާޅުވީ ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނު ގައި ‏ދިވެހި ގައުމުގެ އިއްޔެ އާއި މިއަދުގެ ހާލަތާއި އެކު މާދަމާއަށް ކުރާ އުންމީދުތަކާއި ހޯއްދަވާނޭ ހައްލުތައް ވިދާޅުވެ ދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައެވެ.

އަދި މިއީ ދިވެހި ގައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާ އާއި އެކު އިއްވެވި ބަޔާނެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ޝައްކެތް ނެތް ގޮތުގައި މިހާތަނަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްސީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުއިއްޒު އިއްވެވި ރިޔާސީ ބަޔާނެވެ. އެހެން ކަމުން އެމަނިކުފާނަށް ތަހްނިޔާއާއި މުބާރަކް ބާދު އަރިސްކޮށް، މާމިގިލި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުހަނު ޝުކުރު އަދާ ކުރަމެވެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމުގެ އިއްޔެ އާއި މިއަދުގެ ހާލަތާއި އެކު، މާދަމާއަށް ކުރާ އުންމީދުތަކާއި، ހޯއްދަވާނޭ ހައްލުތައް ވިދާޅުވެދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައި ކަމަށެވެ. އަދި ދިވެހި ޤައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާ އާއި އެކު ޤާނޫން އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރާ ރިޔާސީ ބަޔާން ރައީސް މުޢިއްޒު އިއްވަވައިދެއްވި، މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތަކެއް ބޮއިކެޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯ ގާސިމް ސުވާލު ކުރެއްވި އެވެ.

އެމްޑީޕީގެ އިތުރުން، އެ ޕާޓީއާއެކު މަޖިލީހުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާ ދަ ޑިމޮކްރެޓްސްއިން ވެސް އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ. ނަމަވެސް އިއްޔެ ބޭއްވި މަޖިލީހުގެ ދެވަނަ ޖަލްސާގައި އެ ދެ ޕާޓީގެ މެންބަރުން ވެސް ބައިވެރިވިއެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު