ޚަބަރު
ސިއްދީގަށް ސްޓޭޓް މިނިސްޓަރުކަން
ހޯމްލޭންޑު ސެކިއުރިޓީ އެންޑު ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އަހުމަދު ސިއްދީގް އައްޔަނު ކޮށްފި އެވެ.

ސިއްދީގުގެ އިތުރުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ މުހައްމަދު ކިނާނަތު، ލުބުނާ ޒާހިރު، އަދި ޔޫސުފް އަބްދުލްގަފޫރު އެވެ. އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 15 ބޭފުޅުން އެބަ ތިއްބެވި އެވެ.

ސިއްދީގު ވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު އައްޔަނު ކުރަމުންދާތީ ފާޑުކިޔުން އަމާޒުވެފައިވާއިރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު