ޚަބަރު
އެގްރިކަލްޗަރުގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި
މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު، ހުސައިން އިސްމާއީލް އެ މަގާމުން ވަކި ކުރައްވައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސްއެއްގެ މަގާމުގައި ހުންނެވި ހުސެއިން އެ މަގާމުން ވަކިކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އިސްމާއިލް މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭގެ 9:30 ގައި ކުއްޖަކު ގުޅާފައި ބުނީ މަގާމުން ވަކި ކޮށްފިޔޭ، އޭގެފަހުން ލިބުނު ސިޓީއެއް، އޭގައި އޮތީ ރައީސްއަށް [ގާނޫނު އަސާސީގެ] 115 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ބާރުތަކުގެ ދަށުން މަގާމުން ވަކިކުރި ވާހަކަ، ސަބަބެއް ނޭނގޭ،" އިސްމާއިލް ވިދާޅުވި އެވެ.

ހުސައިން މަގާމުން ވަކިކުރެއްވިއިރު އެ މިނިސްޓްރީ ގައި އިތުރު ދެ ބޭފުޅަކު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވި އެވެ. އެއީ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަހްމަދު ހަސަން ދީދީ އާއި މަރިޔަމް ވިޝާމާ އަހްމަދު އެވެ.

މީގެ ކުރީން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކި ކުރައްވާފައެވެ. ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަނު ކުރެއްވިތާ ދެ ތީން ދުވަހުގެ ތެރޭގައި ވެސް ވަކި ކުރައްވާފައިވެ އެވެ. އިދާރީ އޮޅުންތަކެއްގެ ތެރެއިން ވެސް ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަނު ކުރެވިފައިވާތީ މަގާމުތަކުން ވަކި ކުރަން ޖެހުނެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު