ވިޔަފާރި
ރާއްޖޭގައި ވަރޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި
ކާމިޔާބުކަމާ އެކީ ކުރެވިދާނެ ކަމެއްތޯ ބަލަން ރާއްޖޭގައި "ވާޓިކަލް ފާމިން" ޕްރޮފްރާމެއް އިފުތިތާހުކޮށްފި އެވެ.

ހަނިމާދޫ އެގްރި ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި "ވަރޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް" އިފްތިތާހްކޮށްދެއްވީ ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އާއިޝަތު ރަމީލާއެވެ.

މިއީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާއި ގުޅޭ އެންމެ މުހިއްމު އެއް ވައުދެވެ.

މިނިސްޓްރީން ބުނީ ހަނިމާދޫ އެގްރިކަލްޗަ ސެންޓަރުގައި މަސައްކަތް ކުރާ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެކުލަވާލި މައުލޫމާތަށް ބަރޯސާވެ، ރާއްޖެއަށް އެންމެ އެކަށޭނެ ވާޓިކަލް ފާމިންގެގެ ވައްތަރު ދެނެގަންނަށް ފަސޭހަވެގެންދާނެ ކަމަށެވެ. އެ

އެގޮތުން އެންމެ އެކަށޭނެ ވާޓިކަލް ފާމިން ދެނެގަނެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދަނޑުވެރިންނަށް އެ ނިޒާމު ތައާރަފްކޮށް ދޭނެ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތިން ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ޤާއިމްކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރުވެސް ރާއްޖޭގެ ދަނޑުވެރިންނަށް ތަޢާރަފްކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް A ފްރޭމް ސްޓްރަކްޗަރގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި، ޕައިން އެޕަލް ޓަވަރ ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވަރ ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓްތައް ކުރިއަށް ގެންދިއުމެވެ. މި ސިސްޓަމްތަކުގައި އެންމެ ފުރަމަ ޓެސްޓު ކުރަމުންދަނީ ފަތްތަރުކާރީގެ ބާވަތްތަކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު