ޚަބަރު
ބަޖެޓު މަސައްކަތުގައި އިސްކޮށް އުޅުއްވި ސަރުވަޝް މަގާމުން އިސްތިއުފާ ދެއްވައިފި
ދައުލަތުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކުގައި އެންމެ އިިސްކޮށް އުޅުއްވި ސަރުވަޝް އާދަމް
ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީީބީ)އިން އިއްޔެ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ނުވަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ސަރުވަޝް ފިނޭންސް މިނިސްޓްރީއަށް ހިދުމަތް ކޮށްދީފައިވާ ކަމަށެވެ. 

މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގަ އެވެ.

ސަރުވަޝް މަގާމުން އިސްތިއުފާ ދިން ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު