ޚަބަރު
އަރަބިއްޔާގެ އަމަލީ މަސައްކަތް ފަށައިފި
އަރަބިއްޔާ ސުކޫލް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ހަމައެކަނި ސުކޫލް -- އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އަޅާނެ ބިން ކަނޑައަޅާ "ހަފުތާ 14" ގައި އަމަލީ މަސައްކަތް ފަށަން ސަރުކާރުން އޮތީ ނިންމާފައެވެ. އެ މުއްދަތު ހަމަވާން ދެތީން ދުވަހަށް ވެފައި ވަނިކޮށް އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ ކުރީ ގައި ކުނިކޮށި ހުރި ބިން ކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. އަރަބިއްޔާ އިމާރާތް ކުރާނީ 10 ބުރިއަށެވެ. ޖުމްލަ 42 ކްލާސް ރޫމް ހިމެނޭނެ އެވެ.  

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ބައިތަކުގެ ތަފުސީލް

- އަންޑަ ގްރައުންޑް ޕާކިން ސަރަހައްދެއް (ސަތޭކަ ފަންސާހަށް ވުރެ ގިނަ ސައިކަލް އަދި ސްކޫލަށް ބޭނުންވާ މުހިންމު ހަތަރު ފުރޮޅުލީ ވެހިކަލްތައް ވެސް ޕާކް ކުރެވޭ ގޮތައް ޑިޒައިން ކޮށްފައި)

- 42 ކުލާސް ރޫމް.

- ސައިންސް ލެބް.

- ލެބޯޓްރީ.

- މަލްޓިޕާޕަސް ހޯލް.

- ކުދިން ކުޅޭނެ ޓާފެއް.

އަރަބިއްޔާ ސްކޫލްގެ ކުދިންނަށް އާ އިމާރާތެއް ނުލިބި، އެއްތަނުން އަނެއް ތަނަށް ބަދަލުވުން އާންމުވުމުން އެ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާ މިދިޔަ ސަރުކާރުގައި ވަރަށް ބޮޑުވި އެވެ. އެހެންވެ، ރައީސް މުއިއްޒު ވެރިކަމުގެ ކެމްޕެއިންގެ ތެރޭގައި ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު