ޚަބަރު
ރިޕޯޓު ފޯމު ލިބި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެ
ފޮޓޯ: ސަން
މިދިޔަ އަހަރު ފެށި 2023- 2024ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންނަށް މިއަދު ރިޕޯޓު ފޯމު ދީފިއެވެ.

ސްކޫލްތަކުގެ މަސައްކަތް ނިންމާ ޗުއްޓީއަށް ދިޔައިރު، 2023/2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ރިޕޯޓް ފޮތް މިއަދު ވަނީ ދީފައެވެ.

ބޮޑު ޗުއްޓީއަށް ފަހު 2024 ގެ ސްކޫލް ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، އެ އަހަރުގެ ކިޔެވުން ނިމޭނީ މާރިޗް 6ގައި ކަމަށް ބުނެފައި ވެއެވެ.

މި ތާރީހުތަކަށް ބެލުމުން އަންނަ މަހުގެ 26 ވަނަ ދުވަހު ފެށޭ ދިރާސީ އަހަރު ނިންމާ ސްކޫލުތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ އަންނަ 2025 ވަނަ އަހަރުގެ ރޯދަ މަހާ ދިމާވާ ގޮތަށެވެ.

ސްކޫލް ބޮޑު ޗުއްޓީއަކީ އާއްމުކޮށް ދަރިވަރުންނާއި ޓީޗަރުން ތަންތަނަށް ދަތުރު ގޮސް، އަދި އާއިލާއެކު ވަގުތު ހޭދަކުރަން ލިބޭނެ ދުވަސްވަރެކެވެ.

މީގެ ކުރިން ސްކޫލް ބޮޑު ޗުއްޓީ ލިބެނީ ނޮވެމްބަރު ޑިސެމްބަރަށް ނަމަވެސް، ކޮވިޑް-19އާ ހެދި ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑެތި ބަދަލުތަކާއެކު، ބޮޑު ޗުއްޓީ މި ވަނީ ބަދަލުވެފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށަން ސަރުކާރުން ނިންމާފައިވާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު