އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް އިފްތިތާހުކޮށްފި
އަލީ ރާޒީ
05 މާޗް 2024 - 21:07
0 comments
އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024 އިފްތިތާހުކުރުން -- ފޮޓޯ: އުރީދޫ
އުރީދޫ މޯލްޑިވްސްގެ "އުރީދޫ ނޭޝަން ގޭމާސް ލޭންޑު 2024" ރޭ އިފްތިތާހުކޮށްފި އެވެ.ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައި ގޭމާސް ލޭންޑް އިފްތިތާހުކޮށްދެއްވީ އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އެވެ.މި އަހަރުގެ އޮކްޓޯބަރު މަހު ފަށަން ހަމަޖެހިފައިވާ "އުރީދޫ ނޭޝަން ގޭމާސް ލޭންޑ" އަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. އުރީދޫން ބުނީ މުޅި އަހަރަށް ބަހާލައިގެން ބާއްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ މުބާރާތްތަކުގެ ޖުމްލް ޕޫލް ޕްރައިޒް 700،000ރ. އަށް އަރާ ކަމަށެވެ.އަދި މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަ ސްކޫލް، އިންޓަ ޔުނިވާސިޓީ/ކޮލެޖު، އިންޓަ އޮފީސް، އިންޓަ ރިސޯޓު މުބާރާތްތައް ވެސް ހިމެނޭ އެވެ.މި އަހަރުގެ މުބާރާތުގައި "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ގޭމަރުންނަށް ވެސް ހުޅުވައިލާ އިރު، މިއީ މުބާރާތުގައި ވާދަކުރާ ހުރިހާ ގޭމަރުންގެ ތެރެއިން ހޮވާ އެންމެ މޮޅު ގޭމަރެވެ.މީގެ އިތުރުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫއިން އަންނަނީ ގޭމް ކުޅޭ ފަރާތްތަކަށް ދިމާވާ އިންޓަނެޓުގެ ސްޕީޑު ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އެކަމަށް ހައްލުތަކެއް ގެނެވިގެންދާނެ ކަމަށެވެ.މި އަހަރުގެ މުބާރާތުގައި "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީއަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ގޭމަރުންނަށް ހުޅުވާލެވޭއިރު، މިއީ މުބާރާތުގައި ވާދަކުރާ ހުރިހާ ގޭމަރުންގެ ތެރެއިން ހޮވާ އެންމެ މޮޅު ގޭމަރެވެ.
ކިޔުންތެރިންގެ ޝުއޫރު