ޚަބަރު
ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް: މައުމޫން
ފަލަކީ ހިސާބު ދައްކާ ގޮތުން ރަމަޟާން މަހުގެ 1 ވާނީ މި މަހުގެ 11 އަށް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ 1 ވާނީ މާޗް މަހުގެ 11 ވާ ހޯމަދުވަހަށް ކަމަށެވެ.

މި އަހަރުގެ ކަލެންޑަރުން ވެސް ދައްކާ ގޮތުގައި ރޯދަ މަހުގެ އެއްވަނަ ދުވަހަކީ މާޗް މަހުގެ 11 ވަނަ ދުވަހެވެ. އަދި ރޯދަ މަހުގެ އެންމެ ފަހު ދުވަހަކީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހެވެ.

ރޯދަ އަށް ހަނދު ބެލުމުގެ ކަންކަން އެހެން އަހަރުތަކުގައި ވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދުބެލުމަށް ދިޔުމާއި ހަނދު ފެނުނުކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ޢާއްމުކޮށް އޮންނަ އުސޫލަކީ އިސްލާމީ ބޮޑެތި ޤައުމުތަކަށް ހަނދު ފެންނަ ކަމަށް އެޤައުމުތަކުގެ ފަލަކީ އިދާރާތަކުން ޢިއުލާންކުރުމުން ރާއްޖޭގެ މޫސުން އެދުވަހެއްގައި އޮތް ގޮތަކަށްވެސް ރިޢާޔަތްކޮށް ހަނދު ސާބިތުކުރުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު