ޚަބަރު
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ: ރައީސް
މާރޗް 7 ގެ ނިޔަލަށް ހުރި ބިލްތަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މިއަދު ދެވުނު ފައިސާއާ އެކު، މަސްވެރިންނަށް މިދިޔަ ހުކުރު ދުވަހާ ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ، މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ،" ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން ރޭ ބުނީ، އެ ކުންފުންޏަށް މަސްކިރުވުމަށް ފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 157 މިލިއަން ރުފިޔާ އޮޑިވެރިންނަށް ޖަމާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެއީ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރީންނަށް ނުދީ އޮތެވެ. މި ސަރުކާރަށް މިވީ މުއްދަތު ގައި މިހާތަނަށް މަސްވެރީންނަށް 700 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ބެކްލޮގް ފިލުވާލުމަށް ފަހު ދެން އޮތީ ކިރާ މަހަށް އެންމެ ލަސް ވެގެން 48 ގަޑިއިރު ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު