ޚަބަރު
ހަވާ އެރުވުމާއެކު އުފާފާޅުކުރަން ޕީއެންސީން މިރޭ އާޓިފިޝަލް ބީޗަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ކާމިޔާބުކުރުމާއެކު އުފާ ފާޅުކުރުމަށް މިރޭ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

މިރޭ ޕީއެންސީން އުފާ ފާޅުކުރުން ކުރިއަށް ގެންދަން ނިންމައިފައި އޮތީ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. 8:30 ގައި ހަރަކާތް ފަށަން ނިންމައިފައިވާކަމަށް ޕީއެންސީން ބުންޏެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީން މިހާތަނަށް 67 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުން އެންޑޯޒްކުރި ބައެއް ކެންޑިޑޭޓުންވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ މާފަންނު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުހައްމަދު ވަނީ ދ. މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އިންތިހާބުގައި ތިން ސިޔާސީ ޕާޓީއެއްގެ ލީޑަރުން ވާދަކުރައްވާތީ އެ ދާއިރާތަކަށް ޕީއެންސީން އެއްވެސް ކެންޑިޑޭޓަކު ނެރެފައިނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު