ޚަބަރު
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީން ނެރުނު އާ ގަވާއިދުގައި ބުނެފައި ވަނީ، ވިލިނގިލި އަވަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ އިމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީ 10 ބުރިއަށް ކަމަށެވެ. އަދި މިފަދަ އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރު ނުވަތަ 100 ފޫޓަށްވުރެ އުސްވެގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މިގޮތަށް 10 ބުރިޔާ ހަމަޔަށް ހެދޭނީ، އިމާރާތް ހަދާ ގޯތީގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމަ ކަަމަށްވެސް ބުނެފައިވާއިރު، ބިމުގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަނަމަ އިމާރާތް ކުރެވޭނ،ީ 6 ބުރިއަށް ކަމަށްވެސް ބުނެފައި ވެއެވެ. އެއީ 18.5 މީޓަރު ނުވަތަ 54.134 ފޫޓަށްވުރެ އުސްނުވާ ވަރަށް ކަމަށްވެސް ބުނެފައި ވެއެެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އެ ބަދަލު ގެންނަން މަސައްކަތް ކުރެއްވި އެވެ.

މާލޭ ޕްލޭނިން ގަވާއިދަށް މި އިސްލާހު ގެނައިރު، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި ވިލިމާލޭގެ މަގުތައް ހެދުމަށާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު