ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި
އަލީ ރާޒީ
09 މެއި 2024 - 15:46
0
comments
Tweet
Telegram
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިއަދު
ޕްލޭނިން މިނިސްޓްރީން
ނެރުނު އާ ގަވާއިދުގައި ބުނެފައި ވަނީ، ވިލިނގިލި އަވަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ އިމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީ 10 ބުރިއަށް ކަމަށެވެ. އަދި މިފަދަ އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރު ނުވަތަ 100 ފޫޓަށްވުރެ އުސްވެގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މިގޮތަށް 10 ބުރިޔާ ހަމަޔަށް ހެދޭނީ، އިމާރާތް ހަދާ ގޯތީގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމަ ކަަމަށްވެސް ބުނެފައިވާއިރު، ބިމުގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަނަމަ އިމާރާތް ކުރެވޭނ،ީ 6 ބުރިއަށް ކަމަށްވެސް ބުނެފައި ވެއެވެ. އެއީ 18.5 މީޓަރު ނުވަތަ 54.134 ފޫޓަށްވުރެ އުސްނުވާ ވަރަށް ކަމަށްވެސް ބުނެފައި ވެއެެވެ.
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އެ ބަދަލު ގެންނަން މަސައްކަތް ކުރެއްވި އެވެ.
މާލޭ ޕްލޭނިން ގަވާއިދަށް މި އިސްލާހު ގެނައިރު، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި ވިލިމާލޭގެ މަގުތައް ހެދުމަށާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
28 ދުވަސް ކުރިން
0
މުހައްމަދު އިސްމާއީލް ވިލިމާލެ ގޮނޑި ކާމިޔާބުކޮށްފި
2 މަސް ކުރިން
0
ވިލިމާލޭގެ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
2 މަސް ކުރިން
0
ތިލަމާލެ ބްރިޖުގެ %35 ނިމިއްޖެ: މުއްތޮލިބު
4 މަސް ކުރިން
0
ވިލިމާލެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުއްދަ ނޫން ސަރަހައްދުތަކަށް ޑްރޯން އަރުވާ މައްސަލަ ބޮޑުވެއްޖެ
2 ގަޑިއިރު ކުރިން
0
ރައީސީ އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި
3 ގަޑިއިރު ކުރިން
0
އަކްރަމް، ކުރީގެ މެންބަރު މުސްތަފާއަށް މިލިއަނެއްހާ ރުފިޔާ ދައްކަން ހުކުމްކޮށްފި
3 ގަޑިއިރު ކުރިން
0
ގެއްލުނު ބިދޭސީ މީހާ ފެނިއްޖެ
4 ގަޑިއިރު ކުރިން
0