ޚަބަރު
މުހައްމަދު އިސްމާއީލް ވިލިމާލެ ގޮނޑި ކާމިޔާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.

މިފަހަރު މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރަށް ލިބިފައިވާއިރު ވިލިމާލޭގެ ގޮނޑި މުހައްމަދު އިސްމާއިލް ކާމިޔާބު ކުރެއްވީ 1،145 ވޯޓުންނެވެ. 

އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މަޖީދު މުޝައްރަފް އަބްދުލް ރައްޒާޤުއަށް ލިބުނީ އެންމެ 284 ވޯޓެވެ. މިދާއިރާގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލި ނަހުލާ އަލީ އަށް ލިބުނީ 261 ވޯޓެވެ. 

މީގެ ކުރިން އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރަމުން އައި ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މަޖިިލިސް ކޮންޓްރޯލް އެމްޑީޕީއަށް ގެއްލި، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް މިހާރު ވަނީ ލިބިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު