އީސީގައި 21 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ހަބީބް ވަކިވެވަޑައިގެންފި
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހިދުމަތް ކުރައްވާތާ 21 އަހަރަށް ފަހު، ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ވަޑައިގަތުމުގެ ކުރިންވެސް ހަބީބް ހުންނެވީ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައެވެ.

އީސީގެ މެންބަރު ކަމުން ހަބީބް މިއަދު ވަކިވެވަޑައިގަތީ އެ ކޮމިޝަންގެ މެންބަރުކަން ފަސް އަހަރުގެ ދެ ދައުރު ކުރެއްވުމަށްފަހު އެވެ.

އީސީގެ ގާނޫނު ބުނާ ގޮތުން ކޮމިޝަންގެ މެންބަރުކަން ކުރެވޭނީ ދެ ދައުރު އެވެ. 

ދައުރު ހަމަވުމާ ގުޅިގެން "އެކްސް" ގައި ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު މި ތަޖުރިބާތަކަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށެވެ.

މި މުއްދަތުގައި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނާއި، މުއައްސަސާތަކުންނާއި ނޫސްވެރިންގެ އިތުރުން ސިޔާސީ ޕާޓީތަކުން އޭނާއަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ.

ހަބީބްގެ ބަދަލުގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް މަޖިލީހަށް ވަނީ ނަން ފޮނުވައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު