ވިޔަފާރި
މިފްކޯގެ ސީއީއޯ ސަމާހު ސަސްޕެންޑްކޮށްފި
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު - ފޮޓޯ: މިފްކޯ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން (ޕީސީބީ) ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު، މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.

ޝަމާހު މަގާމުން އެކަހެރި ކުރީ ކޯޕަރޭޓް ގަވަނެންސްގެ މައްސަލަތަކެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅާފައިވާތީ އެވެ.

އެ މައްސަލާގައި ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް، މިހާރު ވަނީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފައެވެ. އިކޮނޮމިކް ކައުންސިލުން މިފްކޯގެ ދަރަނިތައް ރީސްޓްރަކްޗަރކޮށް، މިފްކޯ ފުޅާ ކުރެވޭނެ ގޮތްތައް ރާވާ އިނޮވޭޓިވް ފުރުސަތުތަކަށް މިފްކޯ ހުޅުވާލާން ސަރުކާރުންދަނީ މަސައްކަތްތައް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
33%
67%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު