ޚަބަރު
ކަރަންޓު އިގުތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
މިއީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއިއެކު މި ދުވަސްވަރު ކަރަންޓު އިގްތިސޯދު ކުރެއްވުމަށް ހާއްްސަ ސަމާލުކަމެއް ދެއްވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ އިލްތިމާސް ކުރައްވައިފިއެވެ.

ސްޓެލްކޯއިން މީޑިއާއަސް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އަދި ރޯދަ މަހުގައި ކަރަންޓު ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވާތީ މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން އާއްމުންގެ ކިބައިން އެދޭ ކަމަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އާއްމު މަހެއްގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު 94 މެގަވޮޓަށް އެރި ނަމަވެސް މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުންކުރަމުންދާކަން އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މާލެ ސަރަހައްދުގައި ކަރަންޓު އުފައްދާ މެކްސިމަމް ކެޕޭސިޓީއަކީ 122 މެގަވޮޓެވެ.

ކަރަންޓުގެ ލޯޑް މަތިވާ މައިގަނޑު ސަބަބަކީ ފިނިކުރަން ބޭނުން ކުރާ ތަކެތި ޖެއްސުމުގައި ސަމާލުކަން ދޭންވާ ވަރަށް ނުދިނުމެވެ. ހާއްސަކޮށް އެއާކޮންޑިޝަން ބޭނުން ކުރުމުގައި ސަމާލުކަން ނުދިނުން ހިމެނެ އެވެ، މީގެ އިތުރުން ކަރަންޓުން ކައްކަން ބޭނުންކުރާ ކުރާ ފަދަ ތަކެތި ޖެއްސުން ވެސް ހިމެނެ އެވެ. އެހެންވެ މި ދުވަސްވަރު ކޮންމެ އަހަރެއްގައި ވެސް ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާތައް އާއްމުން ކުރެ އެވެ.  


ފަހުމީ ވިދާޅުވީ އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި ދުވާލަކު 94 މެގަވޮޓާ ހަމައަށް ކަރަންޓު ބޭނުން ކުރާއިރު، މި ދުވަސްވަރު 104.7 މެގަވޮޓާ ހަމައަށް ކަރަންޓު ބޭނުންކުރާ ކަމަށެވެ.

"އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިޤުތިޞާދު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން،" އޭނާ ވިދާޅުވި އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހޫނު ދުވަސް ކޮޅެކެވެ. މިދިޔަ އަހަރަށް ވުރެ ވެސް މިއަހަރު ހޫނުމިން ވަނީ މައްޗަށް ޖެހިލާފަ އެވެ. މިއަހަރު 44 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު