ވިޔަފާރި
އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު
އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި އަހުމަދު ޒީނާދު
ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޒީނާދު އައްޔަނުކޮށްފި އެވެ.

ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އުފައްދައި، ކުދި ވިޔަފާރިތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ޒީނާދު ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

އޭނާ އެ މަގާމުގައި ފަސް އަހަރު ހިދުމަތް ކުރައްވާފައިވެ އެވެ.

އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ފިނޭންސް ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިގެން ހުންނެވި ޒީނާދު އޭގެ ކުރިން ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގައި ގިނަ އަހަރުތަކެއް ވަންދެން އެކި އިސް މަގާމުތައް އަދާކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު