ވިޔަފާރި
ފިތުރު ޒަކާތް ދެއްކުމަށް އުރީދޫ އެމް-ފައިސާ
އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކޮށްލައިގެން ފޯނުން މިހާރު ފިތުރު ޒަކާތް ދެއްކޭނެ މަގެއް އުރީދޫއިން ފަހިކޮށްދީފި އެވެ.


އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކޮށްލައިގެން ފޯނުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

އެ ގޮތުން އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެގުމަށްފަހު ފިތުރު ޒަކާތް ބެނާ އަށް ފިތާލާށެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ހިޔާރުކޮށް ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލެވޭނެ އެވެ.

ފައިސާ ދެއްކުމަށް އެމްފައިސާ ހިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލުމަށްފަހު އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކި ކަމަށް ރަސީދު ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލާފައިވަނީ މި މަހުގެ 11 އިން ފެށިގެން މިފެށޭ މަހުގެ ހައެއްގެ ނިޔަލަށެވެ. މިހާރު އޮންލައިންކޮށް އުރީދޫގެ އެމްފައިސާއިން ފިތުރު ޒަކާތް ދެއްކޭނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު