ވިޔަފާރި
މޯލްޑިވިއަން އިން ގަމާއި ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
މޯލްޑިވިއަންއިން އައްޑޫ ސިޓީ އާއި ގއ. ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ސައުތު ކަނެކްޓިވިޓީ އިނީޝިއޭޓިވްގެ ދަށުން އާ ޑޮމެސްޓިކް ރޫޓެއް ތައާރަފްކޮށްފައިވާއިރު، އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ދެ ދުވަހު މި ދަތުރުތައް ބާއްވާނެއެވެ. އެއީ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހުގައެވެ.

މޯލްޑިިވިއަން އިން މައުލޫމާތު ދޭގޮތުގައި މި ދަތުރުތައް މިހާރުން ފެށިގެން ޓިކެޓް ބުކް ކުރެވޭނެއެވެ. އެގޮތުން ކޫއްޑޫއިން ގަމަށް ދަތުރު އޮންނާނީ 11:55 އިން 12:35އަށެވެ. އަދި ގަމުން ކޫއްޑޫއަަށް ދަތުރުކުރާނީ 17:30އިން 18:10އަށެވެ.

އެއީ ދިވެހިންނަށާއި ފަތުރުވެރިން ވެސް ދަތުރުފަތުރު ފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި، ކޫއްޑޫއާއި ގަމާ ދެމެދު ދަތުރުތައް ފެށުމުން ސްރީލަންކަން އެއާލައިންސްއިން އަންނަ ފަތުރުވެރިންނަށް ގއ. އާއި ގދ. އަތޮޅުގެ ރިޒޯޓުތަކަށް ފަސޭހަކަމާއެކު ދެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު