ވިޔަފާރި
ވިނަރެސް ފްލެޓް ސަރަހައްދުން ދިރާގު އިންޓަނެޓް ކެނޑިއްޖެ، ހައްލުވާނެ ދުވަހެއް ނޭނގެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ސަރަހައްދުން ދިރާގު މޯބައިލް އިންޓަނެޓްގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެ ސަރަހައްދުން ދިރާގު މޮބައިލް އިންޓަނެޓްގެ ހިދުމަތް މެދުކެނޑުނުތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މި މައްސަލަ ދިމާވިކަން ދުރާގުން އުޅެނީ ސިއްރުކޮށްގެނެވެ. އެންމެފަހުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ކެތްނުކުރެވިގެން ދިރާގަށް ގުޅުމުން ބުނީ މައްސަލަ ހައްލުވާނެ ދުވަހެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

ދިރާގަކީ ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް އޮޕަރޭޓަރު ކަމުގައިވާއިރު، ރައްޔިތުންގެ ޒަރޫރީ ކަންކަމާ ގުޅިފައިވާ މިފަދަ މައްސަލައެއް ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވަނީ ކީއްވެ ކަމެއް ނޭނެއެވެ.

މީގެއިތުރުން އެ ސަރަހައްދަށް ދިރާގު މޮބައިލް ނަންބަރުތަކުން ކޯލްތައް ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވެއެވެ. އެގޮތުން ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ގުޅައިގެން ހުންނައިރު، އެއްކޮޅުން ދައްކާ ވާހަކަ އަޑު ނީވުމާއި ފޯނު ކެނޑުން ފަދަ މައްސަލަތައް ދިމާވެ އެވެ. 

މިކަމުގެ ސަބަބުން އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، މި މައްސަލަ ހައްލުކުރަން ދިރާގުން މަސައްކަތް ކުރާތަނެއް ނުފެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު