ޚަބަރު
އަލިފާންގަނޑު ކޮންޓްރޯލް ވެއްޖެ؛ އެ ސަރަހައްދަށް ރައީސް ވަޑައިގެންފި
އަލިފާން ރޯވި ސަރަހައްދަށް ރައީސް މުއިއްޒު ވަޑައިގެން ހާލަތު އޮޅުން ފިލުއްވަނީ.
މިރޭ އަލިފާން ރޯވެފައި ވަނީ މ. ރަބީއުވިލާ ގޭގެ ހަތަރުވަނަ ފަންގިފިލާގަ އެވެ. މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރަބީއުވިލާ ގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެމަގު ވަނީ އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދުކޮށްފައިވާ ކަމަށެވެ.

އެ މަގުގެ ގެ ތަކުގައި ދިރިއުޅޭ މީހުންވެސް އެ މަގުގައި ހިނގާ ބިނގާވެ އުޅޭ އިރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަހައްދަށް ރައީސް ޑރ. މުއިއްޒު ވަޑައިގެން ހާލަތު ބައްލަވާލައްވާފައިވާއިރު ސިފައިން ވަނީ ހާދިސާއާ ގުޅޭ މައުލޫމާތު އެމަނިކުފާނާ ހިއްސާކޮށްފަ އެވެ. 

މާލޭގައި ދޭތެރެ ދޭތެރެ އިން އަލިފާނުގެ ނުރައްކާތެރި ބޮޑެތި ހާދިސާތައް ހިނގަ އެވެ. އަދި މިފަދަ ބައެއް ހާދިސާތަކުގައި މީހުން މަރުވެސް ވެފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު