އީރާނުން އަސްކަރީ ޑްރޯން ހަމަލާތަކެއް އިޒުރޭލަށް އަމާޒުކޮށް ފޮނުވައިފި އެވެ. މިއީ އީރާންގެ ފަސްގަނޑުން އިޒުރޭލަށް ހަމަލާ ނުދިނުމަށް ޒަޔަނިސްޓް ދައުލަތުން ގޮވާލާފައި އޮއްވައި އީރާނުން ދޭންފެށި ހަމަލާތަކެވެ.
އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނިގޮތުގައި އީރާނުން އިސްރާއީލަށް ހަމަލާދިނުމަށްޓަކައި އީރާނުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލާފައިވާކަމަށް ސެޓަލައިޓް ފޮޓޯތަކުން ހާމަވެއެވެ. އެއީ، އީރާނުގައި އުފައްދާ ޝާހިދު މަރުކާގެ ޑްރޯންކަމަށް ބެލެވޭކަމުގައެވެ.އޭނާ ބުނިގޮތުގައި އީރާނުގެ ޑްރޯންތައް އިސްރާއީލާ ހަމައަށް އައުމަށް ހަތް ގަޑީއިރާއި އަށް ގަޑީއިރުގެ ވަގުތެއްނަގާނެ ކަމަށާއި އެ ޑްރޯންތައް ވައްޓާލުމަށް ވާންޖެހޭ ތައްޔާރީތައް އިސްރާއީލުގެ ސިފައިން ވަމުންދާކަމުގައެވެ. ނަމަވެސް ހުރިހާ ޑްރޯންތައް ވައްޓާލެވޭނެކަމުގެ ޔަގީންކަން ނެތްކަމަށް އޭނާ ބުނެފައިވެއެވެ.އިޒުރޭލަށް ފޮރާފާނެ ހަމަލާއަކުން ރައްކަތެރިވުމަށް އިޒުރޭލުގެ އެތަން އުތުރާއި ދެކުނުގައި މިސައިލުން ރައްކާތެރިވާ ނިޒާމުތައް -- އަޔަން ޑޯމްތައް ވަނީ ބަހައްޓާފަ އެވެ. އަދި އާންމުން ރައްކާތެރިވުމަށް ޚާއްސަ ހިޔާވަހިތައް ހުޅުވައި ވަނީ ތައްޔާޜުކޮށްފަ އެވެ.
އީރާނުން ކޮންމެ ފަދަ ހަމަލާއެއް ދިން ނަމަވެސް، ޒަޔަނިސްޓުން ރައްކާތެރިކުރަން އެމެރިކާ އޮތީ ތައްޔާރަށެވެ.