ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
އިސްލާމް ދީނަކީ މަގުގެއްލިފައިވާ މީހުންނަށް ހުރި މަގުބައްތިއެއް: ހުތުބާ
އިބްރާހިމް އާދަމް
30 އޯގަސްޓް 2024 - 16:16
0
comments
Tweet
Telegram
އިސްލާމް ދީނަކީ މަގުގެއްލިފައިވާ މީހުންނަށް ހުރި މަގުބައްތިއެއް ކަމަށާއި އަހަރެމެންގެ މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފި ނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިއްޔަތު ކުރެވޭނެ ކަމަށް މިއަދުގެ
ހުތުބާގައި އިލްތިމާސްކޮށްފި އެވެ.
ހުތުބާގައި ވިދާޅުވީ ދީނަށް ހިދުމަތްކުރުމަކީ، ބާއްޖަވެރިކަމުގެ އަސާސްކަމަށާއި، އެއީ ޙާޖަތްތައް ފުއްދާދީ، މޮޅިވެރިކަން ފިލުވާލަދޭ އަމަލެެއްކަމަށެވެ. ދީނަށް ހިދުމަތްކުރުމަށް ގޮވާލާ ހުތުބާގައި ވިދާޅުވީ ހެޔޮ ބަހެއް ބުނުމަކީވެސް ޞަދަޤާތެއް ކަމަށެވެ. އަދި ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމަކީ ނަޖާވާނޭ އަމަލެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
"ﷲގެ ދީނަށް ދަޢުވަތުދިނުމަކީ، ރަސޫލުންނާއި ނަބިއްޔުންގެ މަންހަޖެއް. ދާއިމީ ގޮތެއްގައި ކުރެވޭ މަދު ޢަމަލު، މެދުކެނޑުމާއެކު ކުރެވޭ ގިނަގުނަ ޢަމަލުތަކަށް ވުރެ ހެޔޮވެގެންވޭ"
ދީނަށްޓަކައި ހިދުމަތްކުރު
ން މި މައުލޫ އަށް އިއްވި ހުތުބާގައި ބުނެފައިވެ އެވެ.
ސުވަރުގެ ލިބުމަށް ޓަކައި، ޝަހީދުވާން ކެރޭ ޖީލެއް ބިނާކުރެވޭނެ ކަމަށާއި އެ މައިދާނުން ޝަހީދުނުވެ އެނބުރި ގެއަށް ރުޖޫއަވެވިއްޖެ ނަމަ އެއީ ޝަރަފުވެރިކަމާ އެކު ގެދޮރު ޙިމާޔަތްކުރާނޭ ބަޔެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ހިދުމަތްކުރުމަށް ހުރި ޢުޛުރެއް ނޫން ކަމަށާއި މި ބޮޑު މަސްއޫލިއްޔަތުން ރެކެން އޮތް ބަހަނާއެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަހަރެމެންގެ ވާޖިބަކީ މި ދީނަށް ހިދުމަތްކުރުން ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ވަނީ ކުށުގެ ވެއްޓަށް ވަދެވި، އެއިން ސަލާމަތްނުވެވިފައިވާ މީހުންނަށް ވެސް އަގުހުރި ނަސޭހަތް ތަކެއް ދީ ފައެވެ.
"ތިޔަބައިމީހުންގެ ހަވާނަފުސުގައި ލަގަން އަޅުވާށެވެ! ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދާށެވެ! ދުނިޔޭގެ ޙަޔާތަކީ ކުޑަ ދުވަސްކޮޅެކެވެ. ތިޔަބައިމީހުން ހޭވެރިވާށެވެ! ޣާފިލުކަމުގެ ނިދީގައި ތިބެވުނީ، ކިތައް އަހަރުކަން ހަނދާނަށް ގެންނާށެވެ! ހަވާނަފުސު ކޮންޓުރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ހިތްވަރުގަދަ ފަހުލަވާނެކެވެ." ހުތުބާގައި ބުންޏެވެ.
މާތް ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ހިދުމަތްކުރުމަށް ހުރި ޢުޒުރެއް ނޫނެވެ. މި ބޮޑު މަސްއޫލިއްޔަތުން ރެކެން އޮތް ބަހަނާއެއް ނޫންކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
"މި ދީނަކީ އުންމަތުގެ ފަޚުރެވެ. މި ދީނުގެ ޝަރީޢަތުން ޢިއްޒަތްލިބި، މުސްލިމުންގެ ސަފުތައް ބަދަހިވެ، ހިތްތައް އެކުވެރިވިއެވެ. މުޅި އިންސާނިއްޔަތު ހަލާކުން މިންޖުކޮށްދީ، ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދިނީ މި ދީނެވެ. މި ދީނަކީ ސައްހަ ސާފު ޢަގީދާއެކެވެ. ފުރިހަމަ އީމާންކަމެކެވެ. ހުކުމްތައް ބަޔާންކޮށްދިނީ މި ދީނެވެ. އަދުލުވެރިކަމާއި، ހަމަހަމަކަން ގެނެސްދީ، އާންމުންނާއި ހާއްސުންގެ ހައްގުތަކަށް އިހުތިރާމުކުރާން ދަސްކޮށްދިނީ މި ދީނެވެ. އާދަކާދައާއި އުރުފަށް ރިއާޔަތްކޮށް، މަސްލަހަތު އިސްކުރުމާއި، ފަސާދަތައް ދުރުކުރުމަކީ، މި ދީނުގެ އަސާސެވެ. މިއީ ހަޔާތުގެ ހުރިހައި ފަޅިފަޅިއަކަށް އިންސާފުކޮށްދޭ ދީނެވެ." ހުތުބާގައި ބުންޏެވެ.
އަހަރެމެންގެ ވާޖިބަކީ މި ދީނަށް ހިދުމަތްކުރުން ކަމަށާއި، ކުށާއި ފާފައިގެ ސަބަބުން، ދީނަށް އަމަލުކުރުމާއި، ދީން ދެކެވާ ލޯތްބާއި މުސްލިމުންނަށް ވާގިވެރިވުމަށް ބަދަލެއް ނާން ކަމަށް ވިދާޅުވެ ދީނަށް ހިދުމަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ހުތުބާގައިވަނީ ހަނދާންކޮށްދީފަ އެވެ.
މިއަދުގެ ހުތުބާއަކީ ފާއިތުވި ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި މައްކާގެ އިލްމުވެރިއެއް ކަމުގައިވާ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސާ ޑރ.ހަމްދާން އައްސުލަމީ އަރަބި ބަހުން ދެއްވި ހުތުބާގެ ތަރުޖަމާ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ދުވަސް ކުރިން
0
ހަނު ހުރުމުގެ އަހުލާގް
1 މަސް ކުރިން
0
ބެޓު ކުރުމަކީ ވެސް ޖުވާ: ހުކުރު ހުތުބާ
1 މަސް ކުރިން
0
ޒިނޭގެ ސަބަބުން މުޖުތަމައުގައި ނުރައްކާތެރި ބަލިތައް ފެތުރޭ: ހުކުރު ހުތުބާ
2 މަސް ކުރިން
0
އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް ގެއްލުންހުރި ހަޑިހުތުރު އަމަލެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
12 ގަޑިއިރު ކުރިން
0
ގޮނޑި ގެއްލޭ ގޮތް ކަނޑައެޅި ބިލް ތަސްދީގު ކުރައްވައިފި
12 ގަޑިއިރު ކުރިން
0
6 ގަޑިއިރުން ގާނޫނުއަސާސީ ބަދަލުކޮށް ފާސްކޮށްފި
18 ގަޑިއިރު ކުރިން
0
56.6 ބިލިއަންގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި
19 ގަޑިއިރު ކުރިން
0