ޚަބަރު
ހައްޖާއި އުމްރާ އަށް ހާއްސަ އެޕެއް ނެރެފި
ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް "ހާޖީ އެމްވީ"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން މިއަދު ޚާއްސަ އެޕެއް ތައާރަފުކޮށްފި އެވެ.

މި އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މީގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް އެޕުން ބެލެން ހުންނާނެ އެވެ.

މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެޕަލް އެޕް ސްޓޯއިން "ހާޖީ" އެޕް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ އެޕްގެ މަގުސަދަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. އަދި އެ އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު