ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ހޯރަފުށީގައި އަޅާ ކައުންސިލް އާ އިމާރާތުގެ މަސައްކަތް ހުއްޓިފައި!
އަބްދުﷲ މައުރޫފް
27 އޯގަސްޓް 2026 - 13:26
0 comments
ހޯރަފުށީ ކައުންސިލްގެ އާ އިމާރާތް؛ ފައިސާ ނުދޭތީ ކޮންޓްރެކްޓަރު ވަނީ ވަގުތީ ގޮތުން މަސައްކަތް ހުއްޓާލައިފަ
ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ހޯރަފުށީ ކައުންސިލްގެ އާ އިމާރާތް އެޅުމުމެ މަސައްކަތް ހުއްޓިފައި އޮންނަތާ އަށް މަސް ވެއްޖެ އެވެ.
09 ސެޕްޓެންބަރ 2022ގައި ސޮއިކޮށް ހޯރަފުށީ ކައުންސިލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ "ފާސްޓް ލައިން" ކިޔާ ކުންފުންޏަކާ އެވެ.16 މިލިއަން ރުފިޔާގެ މި އިމާރާތުގެ ފައިސާ ކޮންޓްރެކްޓަރަށް ދިނުމަށް އެދި ހޯރަފުށީ ކައުންސިލުން ސަރުކާރުގެ ކަމާއި ގުޅުން ހުރި މިނިސްޓްރީ ތަކުގައި ވަނީ ތަކުރާރުކޮށް އެދިފަ އެވެ. ނަމަވެސް މި މަސައްކަތުގެ ކޮންޓްރެކްޓަރަށް ފައިސާ ލިބުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތި ވެފަ އެވެ.3 ފަންގިފިލާއަށް އިމާރާތް ކުރެވޭ މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 11 މަހުން ނެވެ. ނަމަވެސް މި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ މައިގަނޑު ސަބަބަކީ ކޮންޓްރެކްޓަރަށް 2023 ވަަނަ އަހަރުގެ ނިޔަލަށް ބިލްތަކަށް ފައިސާ ބަރާބަރަށް ލިބެމުންދިޔަ ނަމަވެސް، ބިލްތަކަށް މި ސަރުކާރުން ދޭން ޖެހޭ ފައިސާ ބަރާބަރަށް ނުދިނުމެވެ.ހޯރަފުށީ ކައުންސިލްގެ އިދާރާ ކުރިންވެސް ހުރި ބިމުގައި ބޮޑުކޮށް އިމާރާތް ކުރެވޭ މި އިމާރާތުގެ ސަބަބުން، ކައުންސިލަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ލިބިގެންދާނެ އެވެ.ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ހޯރަފުށީ ކައުންސިލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓިފައި އޮތް އިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިގަމުންދާ މަސައްކަތްތަކުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބުމުގެ މައްސަލަތަށް މިފަހުން ވަނީ އިތުރުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު