ވާދަވެރިންގެ ކިބައިން އަނެއްކާ ވެސް މި އެދެނީ މަޖިލީހަށް ވަޑައިގަންނަވަން: ރައީސް ނަޝީދު
މަރިޔަމް އަނާ
01 ޖުލައި 2020 - 10:09
0 comments
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގައި ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ ކަމަށާއި ސިޔާސީ ވާދަވެރިންގެ ކިބައިން އަނެއްކާ ވެސް މި އެދެނީ މަޖިލީހަށް ވަޑައިގަންނަވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ މަހު އެއްވަނަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތެރޭ ހިނގި ހަމަނުޖެހުމަށް ފަހު އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފަ އެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވި އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށަމުން ނަޝީދު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތުގައި ބައިވެރިވާން ބޭނުންވާން ހުރިހާ މެމްބަރުންވެސް މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ވާދަވެރިން ބޭނުން މަޝްވަރާއާއި ބަހުސާއި އަދި ބައެއް ފަހަރު ހޫނު ޒުވާބާއި އެކު މިރާއްޖޭގެ ކަންކަން ރައްޔިތުންނަށް ހެވާއި ލާބައަށް މަންފާވާގޮތަށް ކުރިއަށް ގެނދެވޭނެ ކަމަށެވެ. "ވާދަވެރިންގެ ކިބައިން އަނެއްކާ ވެސް އަޅުގަނޑު އެދެން ބޭނުން، މި މަޖިލީހަށް ވަޑައިގަންނަވާ، މި މަޖިލީހުގައި ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ. ތިޔަބޭފުޅުން ސިޔާސީ ސުލްހަވެރި ހަރަކާތުގައި ބައިވެރިވަޑައިގަންނަވަން އެދިވަޑައިގަންނާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.އެ މައްސަލާގައި އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި ޖަލްސާގައި ބައިވެރިވުން ހުއްޓާލީ ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ކަަން ކަށަވަރު ކުރެވެން ނެތުމުންނެވެ.އިދިކޮޅު މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ޝިޔާމަށް އަނިޔާކޮށްފައިވަނީ ރައީސް ނަޝީދުގެ އެންގެވުމަށެވެ. އަދި އިދިކޮޅުން ބުނަމުން އަންނަނީ ރައީސް ނަޝީދު އެކަމުގައި މާފަށް ނޭދޭނަމަ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު