ޚަބަރު
ގާސިމް ޒުވާން އަންހެން ކުއްޖަކާ ކައިވެނި ބައްލަވައިގެންފި
ގާސިމާއި އަދި އާ އަނބިކަނބަލުން ރާނިއާ
އުމުރުފުޅުން މިހާރު 71 އަހަރުގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޒުވާން އަންހެން ކުއްޖަކާ ކައިވެނި ބައްލަވައިގެންފިއެވެ.

ގާސިމް ކައިވެނި ބައްލަވައިގެންފައިވަނީ އދ. މާމިގިލި، ހަޒާރުމާގެ، ރާނިއާ އަބްދުލް ހަމީދުއާ އެވެ. ރާނިއާއަކީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އެ ދެ ބޭފުޅުންގެ ކައިވެނި ހަފުލާ އޮތީ ވެސް ސަން އައިލެންޑުގައެވެ.

ގާސިމް އިތުރު ކައިވެންޏެއް ކުރެވިއިރު ވަރަށް ފަހަކާ ޖެހެންދެން އެމަނިކުފާނުގެ ހަތަރު އަނބިކަނބަލަކު ތިއްބެވި އެވެ. އެހެން ނަމަވެސް ރާނިޔާއާ ކައިވެނި ކުރެއްވުމަށް ވަރި ކުރެއްވީ އޭގެ ތެރެއިން ކޮން އަންބެއް ކަމެއް އެނގިފައެއް ނުވެއެވެ.

ގާސިމް އާ ކައިވެންޏެއް ބައްލަވައިގެންފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވަރިކުރެއްވުމަށްފަހު ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދެއެވެ. ނަމަވެސް ގާސިމް، ނަހުލާ ވަރިކުރެއްވިކަން ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ.

 

ކިޔުންތެރިންގެ ޝުއޫރު
47%
24%
12%
18%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު