
މަޖިލީހުގެ ދައުރުން ބޭއްވި މިރޭގެ ޖަލްސާގައި އޮތީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ، މިރޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއެކު އެ ބިލުގެ އިބްތިދާއީ ބަހުސް ބޭއްވުމަށް އޮންނާނީ މިމަހު 17 ވަނަ ދުވަހު ކަމަށެވެ."އަޅުގަނޑު ގަސްތު ކުރަނީ 17 ޖެނުއަރީގައި ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުން ވާހަކަ ދައްކަވަންދެން ޖަލްސާ ކުރިއަށް ގެންދަވަން،" އީވާ ވިދާޅުވި އެވެ.މިރޭގެ ޖަލްސާގެ ފެށުމާއެކު ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ވަނީ ކޮޅަށް ތެދުވެވަޑައިގެން، މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައްވައިފަ އެވެ.