ޚަބަރު
ކައުންސިލް އިންތިހާބު: އޮބްޒާވަރުންނަށް ވާން އިތުރު ފުރުސަތު
އަންނަ މަހު ބާއްވާ އިންތިހާބުތަކުގައި އޮބްޒާވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިތުރު ފުރުސަތު ދީފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މުއްދަތު އިތުރުކުރީ މާދަމާ ރޭ 12:00 އާ ހަމައަށް ކަމަށެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތްތަކަށް ފާސް ދޫކުރާނީ ކޮންމެ ސިޔާސީ ޕާޓީއަކަށާއި ޖަމްޢިއްޔާއަކަށް އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 ޕަސެންޓް އިތުރުނުވާ ގޮތަށެވެ. އަދި ކަމަށާއި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒާވަރަށް ކަމަށް އީސީން ބުންޏެވެ.

އޮބްޒާވަރުގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އީސީގެ 'މައި ޕޯޓަލް' މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ހާއްސަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު