ވިޔަފާރި
ބީއެމްއެެލްގެ އެހީގައި ނަޑެއްލާ ކުޅީގައިި އެޅި އީކޯ ޕާކް ހުޅުވައިފި
ގދ. ނަޑެއްލާ ގޮނާނިގިލި ކުޅީގައި ގާއިމްކޮށްފައިވާ އީކޯ ޕާކު - ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ނަޑެއްލާ ކުޅީގައި ގާއިމްކޮށްފައިވާ އީކޯ ޕާކު އިއްޔެ ހުޅުވައިފިއެވެ. 

މި ޕްރޮޖެކްޓް ހިންގާފައިވަނީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) އިންނެވެ. މިއީ ގޮނާނިގިލި ކުޅީގެ ޤުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާޙައުލެއް ޤާއިމްކޮށްދިނުމާއެކު ކުޅީގެ ޤުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެތަނުގެމައުލޫމާތު ޒިޔާރައްކުރާ މީހުންނަށް ދިނުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިންގ ޕްލެޓްފޯރމަކާއި، ކުޅި ހިމެނޭ ސަރަޙައްދުގައި 5 ބެންޗާއި، 5 ޑަސްބިން ބަހައްޓައި ތިން ސޯލާ ބައްތިވަނީ ހަރުކޮށްފައެވެ.

ނަޑެއްލާގެ އީކޯ ޕާރކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު އެތަން ބެލެހެއްޓުމަށް ރަށު ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ނަޑެއްލާގެ ޖަމިއްޔާއެއް ކަމަށްވާ ނިޑުސް އިން ބުނީ އެ ޖަމިއްޔާގެ ވޮލަންޓިއަރުންނާއި ރަށު ތެރެއިން މި މަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވި ދަރުމަވެރިންނަށާއި ނަޑެއްލާގެ ހެޔޮއެދޭ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. 

"މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވާފައިވާތީ ނިޑުސްގެ ވޮލަންޓިއަރުންނާއި ރަށުތެރެއިން މިމަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވި ދަރުމަވެރންނަށާއި ނަޑެއްލާގެ ހެޔޮއެދޭ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ނިޑުސް އާއި ނަޑެއްލާގެ ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ނިޑުސްގެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިން 2019 ވަނަ އަހަރު ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގައި އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު