ދުނިޔެ
ސުއޭޒް ކެނަލްގައި ތާށިވި ބޯޓު ފުންކޮށްފި
ސްވޭސް ކެނެލްގައި ތާށިވި ބިޔަ އާގުބޯޓު
މިިދިޔަ ހަފްތާގައި ސުއޭޒް ކެނަލްގެ ތިލަ ތަނަކަށް އަރައި ބީހުމުގެ ސަބަބުން އެ ކެނަލްގައި ތާށިވި ބިޔަ އާގުބޯޓު ފުންކޮށްފި އެވެ. 

ޚަބަރުތައް ބުނާގޮތުން 400 މީޓަރުގެ ދިގު "އެވަރގިވަން" ނަމަކަށް ކިޔާ ބޯޓު ފުންކޮށްފައިވަނީ މިސްރު ގަޑިން ފަތިހު 5:30 ހާއިރުއެވެ. އެއީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8:30 ހާއިރުއެވެ.

ބޯޓު ފުންކުރެވިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓަގު ބޯޓުތައް ބޭނުންކޮށްގެން ބޯޓު ކެނަލްއިން ބޯޓު ނެރުމުގެ މަސައްކަތްކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އަންގާރަދުވަހުން ފެށިގެން ބަންދުވެފައިވާ ކެނަލް އަލުން ހުޅުވޭނެ ވަގުތެއް އަދި ނޭނގޭކަމަށް އޮފިޝަލުންނާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ. 

ބޯޓު ފުންކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެދީފައި ވަނީ ނެދަލޭންޑްސްގެ ސްމިތު ސެލްވޭޖް ކުންފުނިންނެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރީ ޓަގް ބޯޓުތައް ޖަހައިގެންނެވެ. ޓަގު ޖަހައިގެން ބޯޓު ފުން ނުކުރެވިއްޖެ ނަމަ ސުއޭޒް ކެނަލް އޮތޯރިޓީން ނިންމާފައި ވަނީ ބޯޓުގައި ހުރި ގާތްގަނޑަކަށް 20،000 ކޮންޓެއިނާގެ ތެރެއަށް ބައެއް ބާލައި ބޯޓު ލުއި ކުރުމަށެވެ. އެ މަސައްކަތަށް 60 މީޓަރު (200 ފޫޓު) ގެ ދިގު ކްރޭނެއް ބޭނުންވާނެ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

ހަތަރުސަތޭކަ މީޓަރު ދިގު އެވާގިވެން ބޯޓު ސުއޭޒް ކެނަލްގައި ތާށިވީ އެ ސަރަހައްދަށް ގަދަވަޔާއި ވެލީގެ ތޫފާނެއް އެރި ދަނޑިވަޅެއްގައި ބޯޓުގެ ހުންގާނު ކޮންޓްރޯލް ނުވުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޭޝިއާ އާއި ޔޫރަޕާ ދެމެދު ކަނޑު ދަތުރު ކުރުމަށް އެންމެ ކުރު ރާސްތާ ކަމަށްވާ ސުއޭޒް ކެނަލް ބަންދުވެފައި އޮންނަ ކޮންމެ ދުވަހަކަށް 14 މިލިއަން ޑޮލަރާއި 15 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބޭ ކަމަށް ކެނަލް އޮތޯރިޓީގެ ވެރޮޔާ އުސާމާ ރަބީ ވިދާޅުވި އެވެ. އަދި އެ ކެނަލްގައި 369 އުޅަނދު މަޑުކޮށްގެން އޮތް ކަމަށާއި އޭގެ ތެރޭގައި މުދާ އުފުލާ ބޯޓުތަކާއި ތެޔޮ ޓޭންކަރުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުއޭޒް ކެނަލްއަކީ މެޑިޓަރޭނިއަންއާ ރަތްކަނޑު ގުޅުވައިދޭ އެންމެ ކުރުމަގެވެ. ޔޫރަޕުން އޭޝިއާއަށް ދަތުރު ކުރާ ބޯޓު ފަހަރު މި ކަނޑުއޮޅިން ދަތުރު ކުރަނީ މަގު ކުރު ކުރުމަށެވެ. އެގޮތުން ދަތުރުން ތިން ދުވަސް ސަލާމާތް ކުރެވޭ ކަމަށްވެ އެވެ. އެނޫން ގޮތެއްގައި ބޯޓުތައް ދަރުކުރަން ޖެހެނީ މުޅި އެފްރިކާ ބައްރު ވަށާލާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
20%
80%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު