ޚަބަރު
ބަޔާނެއް ނަގަން ރައީސް ޔާމީން މާލެ ގެނައުަމަށް ފަހު، އަނބުރާ ޖަލަށް ގެންގޮސްފި
ބަޔާނެއް ނަގަން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާލެ ގެނައުަމަށް ފަހު، އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނި މާލެ ގެނައީ މިއަދު ހެނދުނު އެވެ. އަދި އެއީ އެމްއެމްޕީއާރްސީ މައްސަލަ އާ ގުޅިގެން ބަޔާން ނެގުމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބުނީ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މާލެ ގެނެސްފައިވަނީ ފުލުހުންގެ ބޭނުމަކަށް ކަމަށެވެ.

ރައީސް ޔާމީން ވަނީ މިމަހު 14 ވަނަ ދުވަހު ވެސް މާލެ ގެނެސްފައެވެ. އެދުވަހު ރައިސް ޔާމީން މާލެ ގެނެސްފައިވަނީ ވެކްސިން ޖައްސަވަންށެވެ. ނަމަވެސް މާލެ ގެނައުމުން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވެމުން ވަނީ އަނބުރާ މާފުށި ޖަހަށް ގެންގޮސްފައެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ރައީސް ޔާމީން ވެކްސިން ޖައްސަވަން ދެކޮޅު ހައްދަވާފައި ވާ ކަމަށް ބުނެ ދެކެވެމުން ދާ ވާހަކަތައް ދޮގުކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ.

އަދި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު