ޚަބަރު
ވެކްސިން ޖެހުމަށް ކިޔުބީ މެދުވެރިކޮށް ނަމްބަރު ދޫކުރުން ހުއްޓާލަނީ
ވެކްސިން ޖެހުމަށް ކިޔުބީ މެދުވެރިކޮށް ނަމްބަރު ދޫކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލޭގައި ދެވަނަ ޑޯޒް ޖަހައިދޭ ސެންޓަރުތަކުން ކިއުބީ މެދުވެރިކޮށް ޓޯކަން ދޫކުރުން ހުއްޓާލަން ނިންމާފައިވަނީ މިރެއިން ފެށިގެން ކަމަށެވެ.

ކިޔުބީން ނަމްބަރު ލިބޭގޮތަށް ހަމަޖެއްސީ، ވެކްސިން ކިޔު ދިގުވެ، މީހުންނަށް ދަތިތަކާއި ކުރިމަތިވާން ފެށުމުން އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ނެވެ.

"ކިއުބީއިން ޓޯކަން ނެގުމަށް ފަހު 100-300 އަ ދެމެދުގެ އަދަދެއްގެ މީހުން ވެކްސިން ޖަހަން މިހާތަނަށް ނުދާކަން ވަނީ ފާހަގަ ކުރެވިފަ. އެހެންވެ، އަލުން ފިޒިކަލްކޮށް (ސެންޓަރުތަކަށް ދާ މީހުންނަށް) ނަންބަރު ދޫކުރަން ނިންމީ." އެޗްޕީއޭއިން ބުންޏެވެ. 

އެޗްޕީއޭއިން ބުނީ ފިޒިކަލްކޮށް ނަންބަރު ދޫކުރިނަމަވެސް، ކިއުބީ އިން ނަންބަރު ކުރިއަށް ދާވަރު ފެންނާނެ ކަމަށެވެ.

ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 88،649 މީހުން ވެކްސިންތަކުގެ ދެވަނަ ޑޯޒު ވަނީ ޖަހާފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހޯމަ ދުވަހު ރާއްޖެއިން ޖުމްލަ 6838 މީހުން ވެކްސިން ޖާހާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 1016 މީހުންނާއި ދެވަނަ ޑޯޒް ޖެހި 5822 މީހުންނެވެ.

މާޅެ ސަރަހައްދުން މިދިޔަ ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 313 މީހުން ޖަހާފައެވެ. އަދި އަތޮޅު ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަިއ ވަނީ 703 މީހުންނެވެ. ހަަމައެއާއެކު މިދިޔަ ހޯމަ ދުވަހު މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 2780 އެވެ. އަތޮޅު ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ 3042 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 293،429 އަށް އަރާފައެވެ. އޭގެތެރެއިން 88،649 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު