ޚަބަރު
ކޮވިޑް19: ރައީސް ޔާމީން ވެކްސިން ފުރިހަމަ ކުރައްވައިފި
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ޔާމީން ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވާފަނީ މިރޭގެ ވަގުތެއްގައި، ހުޅުމާލެއަށް ގެންދިއުމަށްފަހު އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒު ރަީސް ޔާމީން ޖެއްސެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އޭޑީކޭ އިން ނެވެ.

ވެކްސިނަށް ފަހު މިހާރު ވަނީ އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް އަނބުރާ ގެނެސްފަ އެވެ. 

މާފުށީގައި ކޮވިޑް ފެތުރި ޖަލު އޮފިސަރުންނާއި ބައެއް ގައިދީންވެސް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހުގެ ރެ އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު