ޚަބަރު
24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑު ޖެހިގެން 4 ވަނަ މަރު
24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑު ޖެހިގެން 4 ވަނަ މީހާ މަރުވެ، ރާއްޖެއިން މަރުވި މީހުން ގެ ޢަދަދު 91 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ އެންމެފަހުން މަރުވެފައިވަނީ ޢުމުރުން 78 އަހަރުގެ މީހެއް ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

މިި ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދެ މީހަކާއި 64 އަހަރުގެ މީހެކެވެ.

މި ތިން މީހުންގެ ތެރެއިން ފުރަތަމަ ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މި މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:24 ގައެވެ. ދެން މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މިމިހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 06:30 ގައެވެ.

މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 3 ވަނަ މީހަކީ 86 އަހަރުގެ ދިވެހި އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔުގައި ފަރުވާދެމުން ގެންދަނިކޮށް މި މީހާ ނިޔާވީ ހެނދުނު 09:05 ގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 91އަށް އަރާފައެވެ. 

ދުވާލެއްގެ މައްޗަށް ކޮވިޑުގައި މަރުވާ މީހުން އިތުރުވަމުން އަންނަ އިރު ހޮސްޕިޓަލް ތަކުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ މީހުންގެ ަދަދދު މިވަނީ 259އަށް އަރާފައެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.


ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 13784 އަރާފައިވާއިރު މި ބަލި ފެތުރުން އިތުރުވެ މިބަލި ޖެހޭ ޒުވާނުންނާއި ކުޑަކުދިންގެ އަދަދުވެސް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އަދި ބަލީގައި ހާލު ބޮޑުވާ ޒުވާނުންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ސިއްހީ އޮފިޝަލުންވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު