ޚަބަރު
ކޮވިޑްގެ އާ ވޭރިއެންޓް ފެތުރޭތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ
ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ފެތުރުން އިތުރުވަމުންދާތީ ސަމާލު ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފި އެވެ.

އެ އެޖެންސީން ބުނި ގޮތުގައި ކޮވިޑްގެ އާ ވޭރިއަންޓް -- JN-1 ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފެނިފައެވެ. އަދި ހަލުވިކޮށް ދަނީ ފެތުރެމުންނެވެ. މި ވޭރިއަންޓް ރާއްޖެއިން ފެނުނު ކަމެއް ނުބުނެ އެވެ.

އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ މިއީ ސްކޫލާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރުމުގެ އިތުރުން، އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި 40 އަށްވުރެ ގިނަ ގައުމުން ވަނީ ފަސޭހައިން ފެތުރޭ މި ވޭރިއަންޓް ފެނިފަ އެވެ.

މީގެ ހަތަރު އަހަރު ކުރީން 2019 ވަނަ އަހަރު ޗައިނާ އިން ފެނުނު ކޮވިޑް-19 އާލަމީ ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެ މުޅި ދުނިޔެ ހުއްޓުމަކަށް ގެނައެވެ. ރާއްޖެ އިން ވެސް އެ ބަލީގައި އެތައް ސަތޭކަ ބަޔަކު މަރުވި އެވެ. މުޅި ދުނިޔެ އިން އެެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލުނެވެ. 


ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު