ޚަބަރު
އެއާ އެމްބިއުލާންސް ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފި
ސީޕްލޭންގެ އެއާ އެމްބިއުލާންސަށް ބަލި މީހަކު އަރުވަނީ.- ފޮޓޯ: ސޯޝަލް މީޑިއާ
އެއަރ އެމްބިއުލާންސްގެ ސީޕްލޭންގެ ހިދުމަތް ފަށާފައިވާއިރު، އެ ސީޕްލޭންގައި ފުރަތަމަ ފަހަރަށް މިއަދު ބަލި މީހަކު މާލެ ގެނެސްފި އެވެ. 

އެއާ އެމްބިއުލާންސް" ހިދުމަތްދޭ ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ބުނި ގޮތުގައި ސީޕްލޭން ގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މިއަދު ވަނީ އުފުލާފައެވެ. އެއީ ކުޑަހުވަދޫ އިން ބަލި މީހަކު މާލެ ގެނައުމަށެވެ.

ސަރުކާރުން ވަނީ ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން އެއާޕޯޓް ނެތް ރަށްށުން ވެސް ބަލި މީހުން މާލެ ގެނައުމުގެ ހިދުމަތް ފަށަން ސީޕްލޭންގެ ހިދުމަތް މި މަހުގެ 15 ވަނަ ދުވަހު ފަށާފައެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ. މޯލްޑީވިއަން އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ދުވަހާ ހަމައަށް މެޑިކަލް 25 ދަތުރު ކޮށްފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު