ޚަބަރު
ކުޑަހުވަދޫގައި ޕޯޓެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި
ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް، އެ ޕޯޓް ހިންގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.

ކުޑަހުވަދޫގައި ތަރައްގީކުރާ ޕޯޓުގެ މައިގަނޑު މަސައްކަތަކީ ޕޯޓު ޓު ޕޯޓު ލޮޖިސްޓިކްސް އެވެ. އެ ޕޯޓާ އެކު ކުޑަހުވަދޫ ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީކޮށް، އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެ ރަށުގައި ބޮންޑެޑް ވެއާހައުސްއެއް ހަދައި ޕޯޓާ ގުޅޭ އިތުރު ހިދުމަތްތައް ވެސް ތައާރަފް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުޑަހުވަދުއަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅާފައިވާ ހަތް ރަށުގެ ތެރެއިން އެއް ރަށެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުޑަހުވަދޫ ވިޔަފާރި ބަނދަރުގެ މަޝްރޫޢަކީ ސަރަޙައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ، މަޢުޤޫލު މަޝްރޫޢެއް ކަމަށެވެ. އަދި ސޮއި ކުރެވުނު އެއްބަސްވުމާއެކު ދެންވެސް ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދެވި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ބަނދަރެއްގެ ގޮތުގައި މި ވިޔަފާރި ބަނދަރު، މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު