ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މާއެނބޫދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި
އަލީ ރާޒީ
24 ފެބުރުއަރީ 2025 - 12:59
0
comments
ބީއެމްއެލް އިން މާއެނބޫދޫގައި ބެހެއްޓި އޭޓީއެމްގެ ހިދުމަތް ރައީސް ޑރ. މުއިއްޒު އިފްތިތާހުކުރައްވަނީ
Tweet
Telegram
ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
މިއަދު އެ ރަށުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ.
މާއެނބޫދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށީ މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި އެ އޭޓީއެމްއާ އެކު އެ ރަށުގައި ބެންކުގެ މުއާމަލާތްތައް ކުރުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"މި ހިދުމަތް ފެށުމާ އެކު، މި ރަށުގައި އޭޓީއެމްއެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި، ހިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ކުރިއަށް ގެންދާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ގާއިމުކުރެވުނު ހިދުމަތެއް،" އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 96 ސެލްފްސާވިސް ބޭންކިން ސެންޓަރު، 153 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބެންކުން ބުންޏެވެ.
ބީއެމްއެލް އިން ވަނީ އަންނަ މަހުން ފެށިގެން ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ދޭން ވެސް ނިންމައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
ބީއެމްއެލްގެ އޭޓީއެމްއެއް ބަނޑިދޫގައި ހުޅުވައިފި
3 ގަޑިއިރު ކުރިން
0
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް
18 ގަޑިއިރު ކުރިން
0
ބީއެމްއެލްއިން ކުޑަހުވަދޫގައި ހިދުމަތް ދިނުމަށް އާ އިމާރާތެއް އަޅަނީ
1 ދުވަސް ކުރިން
0
ރޯދައިން ފެށިގެން ބީއެމްއެލް ހުރިހާ ހިދުމަތެއް ޑިޖިޓަކޮށް ލިބޭ ގޮތް ހަދަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެޗްޑީސީން ލ. ގަމުގައި ނާސަރީއެއް ތަރައްގީކުރަނީ
1 ގަޑިއިރު ކުރިން
0
ބީއެމްއެލްގެ އޭޓީއެމްއެއް ބަނޑިދޫގައި ހުޅުވައިފި
1 ގަޑިއިރު ކުރިން
0
ބަނޑިދޫ ތަރައްގީކުރާ 50 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ އަޅައިފި
2 ގަޑިއިރު ކުރިން
0
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް
3 ގަޑިއިރު ކުރިން
0