ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ބީއެމްއެލްއިން ކުޑަހުވަދޫގައި ހިދުމަތް ދިނުމަށް އާ އިމާރާތެއް އަޅަނީ
ހަސަން ހަލީމް
23 ފެބުރުއަރީ 2025 - 22:41
0
comments
Tweet
Telegram
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދ. ކުޑަހުވަދޫގައި ދެމުންދާ ޚިދުމަތް ފުޅާކުރުމަށް މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައި، އާ ބްރާންޗުގެ ބިންގާ އަޅައިފި އެވެ.
ބީއެމްއެލްގެ ބްރާންޗުގެ އާ އިމާރާތުގެ ބިންގާ އެޅީ އެ ރަށުގައި ގާއިމުކުރި ދެ ވަނަ ބީއެމްއެލް އޭޓީއެމް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.
އެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.
އަލަށް ގާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތް ނުކޮށް 24 ގަޑިއިރު ގިނަ ބޭންކިން މުއާމަލާތްތައް ކުރެވޭނެކަން ވެސް ބީއެމްއެލްއިން ފާހަގަކުރިއެވެ.
ޝަރީފް ވިދާޅުވީ ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ އެ ބޭންކުން މުޖުތަމައާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"އާ ބްރާންޗް ނިމުމުން، ދ. ކުޑަހުވަދޫ އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހުރިހާ ބޭންކިން ޚިދުމަތްތަކެއް މިހާރަށްވުރެ ފަސޭހަކޮށް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 153 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބެންކުން ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ގަޑިއިރު ކުރިން
0
ރޯދައިން ފެށިގެން ބީއެމްއެލް ހުރިހާ ހިދުމަތެއް ޑިޖިޓަކޮށް ލިބޭ ގޮތް ހަދަނީ
5 ދުވަސް ކުރިން
0
ލަންކާގެ ފެޝަން ވީކަށް ބީއެމްއެލްއިން ފޮނުވާ ނަސީބުވެރިޔާ ހޮވައިފި
6 ދުވަސް ކުރިން
0
ރޯދަ މަހު އުމްރާއަށްދާ މީހުންގެ ޑެބިޓް ކާޑު ލިމިޓް 1،500 ޑޮލަރަށް ބޮޑުކޮށްފި
7 ދުވަސް ކުރިން
0
ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ
3 ގަޑިއިރު ކުރިން
0
މި އަހަރު ވެސް ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭނަން: ރައީސް
3 ގަޑިއިރު ކުރިން
0
ބީއެމްއެލްއިން ކުޑަހުވަދޫގައި ހިދުމަތް ދިނުމަށް އާ އިމާރާތެއް އަޅަނީ
4 ގަޑިއިރު ކުރިން
0
އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ
4 ގަޑިއިރު ކުރިން
0