ވިޔަފާރި
ރޯދައިން ފެށިގެން ބީއެމްއެލް ހުރިހާ ހިދުމަތެއް ޑިޖިޓަކޮށް ލިބޭ ގޮތް ހަދަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލައިޒޭޝަން ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، މި ފެށޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ޚިދުމަތެއް ލިބޭނެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފި އެވެ.

މިގޮތުން މިހާރެކޭ އެއްފަދައިން ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލް ތަކުން ތިރީގައިމިވާ ހިދުމަތްތައް ލިބޭނެ އެވެ.

ޑިޖިޓަލްކޮށް ލިބޭނެ ހިދުމަތްތައް

  • ފައިސާ ޖަމާކުރުމާއި ނެގުން
  • ފައިސާ ޓްރާންސްފަރ ކުރުން
  • ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން
  • މުދާގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުން
  • ރާއްޖެއިން ބޭރަށް ފައިސާ ފޮނުވ
  • ލުއި ލޯނާއި ފައިނޭންސް ދޫކުރުން
  • ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން
  • އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުން
  •  ޒަކާތް ދެއްކުން
ބޭންކް އޮފް މޯލްޑިވްސްގެ އިލްތިމާސަކީ ގޭގައި ނުވަތަ އޮފީހުގައި ތިއްބަވައިގެން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭންކުގެ ހިދުމަތް ހޯއްދެވުމެވެ.

ބީއެމްއެލް އިން ބުނީ ރޯދަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރުމަށް ހަމަޖެހިފައިވާ އައު ހިދުމަތްތަކެއް ވެސް ލިބޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބައެއް ޚިދުމަތްތަކަށް ބަދަލުގެންނަކަމަށެވެ. އޭގެތެރޭގައި

  • ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ޚިދުމަތް ފެށުން ވެސް ހިމެނެއެވެ.
  • މިފަދަ ކާޑުތައް އެކްޓިވޭޓްކޮށް ޕިން ބަދަލުކުރެވޭނީ އިންޓަނެޓް ބޭންކިން ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށްގެންނެވެ.
  • ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީއޯއެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދޭނެއެވެ.
  • ދިމާވާ ގޮތަކުން އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ ގަޑިއިރެއްތެރޭ އެކައުންޓަށް އަނބުރާ ޖަމާކޮށްދެވޭކަމަށްވެސް ބޭންކުން ވަނީ ބުނެފަ އެވެ.

ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސޭނެ އެވެ. އަދި ކަސްޓަމަރުން ބޭންކާ މުޢާމަލާތް ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާ އިން މެސެޖް ކުރެވޭނެ އެވެ

ބީއެމްއެލްއިން ބުނީ ރޯދަމަހާ ދިމާކޮށް އެ ހިދުމަތްތައް ފަށަނީ ކަސްޓަމަރުންނަށް ރޯދަ މަހު ބެންކަށް ނުގޮސް ބެންކިން ހިދުމަތްތައް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ބީއެމްއެލްއިން ބުނީ އެއްވެސް ސަބަބަކާ ހުރެ އެ ބެންކުގެ ހިދުމަތްތައް ހޯދުމަށް ބެންކަށް ޒިޔާރަތްކުރަން ބޭނުންވާނަމަ ރޯދަ މަހުގެ ފަހު 10 ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ބެންކުގެ ބްރާންޗުތަކުން ހިދުމަތްތައް ލިބޭނެ ކަމަށެވެ. ފަހު 10 ގައި ބެންކުގެ ބްރާންޗުތައް ބަންދުކުރަން ނިންމާފައިވީ، ނަމަވެސް އަންނަ މަހުގެ 17 ވަނަ ދުވަހާއި 29 ވަނަ ދުވަހު ބެންކުގެ ހިދުމަތްތައް ލިބޭނެ އެވެ.

ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބެންކުގެ ބްރާންޗުތައް ހުޅުވާނީ ހެނދުނު 9:30 އިން 12:30 އަށެވެ.

ބީއެމްއެލް އަކީ މިހާރު ވެސް ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންދާ ބޭންކެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު