ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޒަކިއްޔާގެ މަރުގައި ފުލުހުން އަމަލުކުރި ގޮތް އެންއައިސީން ބަލަނީ
އައިމިނަތު ޝިޔާޒާ
23 ފެބުރުއަރީ 2025 - 19:54
0
comments
ޒަކިއްޔާ
Tweet
Telegram
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.
ސެޕްޓެމްބަރު 10، 2024 ވަނަ ދުވަހު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ހުރި ގުދަނުގެ ދޮރު ކައިރީންނެވެ. އަދި އޭނާގެ ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު ހަށިގަނޑު ކައިރީގައި ވަޅިއެއް އޮތެވެ.
ފުލުހުން ބުނެފައި ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި އެހެން މީހަކު ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.
ފުލުހުންގެ ތަހުގީގާ މެދު ވެސް ރަށުގެ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު އެ ކަން ބަލަން އެންއައިސީން ނިންމީ މިދިޔަ ބުރާސްފަތިދުވަހު އެވެ.
އެންއައިސީން ބުނީ އެ ކޮމިޝަނުން ބަލާނީ ފުލުހުންގެ ތަހުގީގު ހިންގުމުގައި ގާނޫނާއި ގަވާއިދު އަދި ފުލުހުން އަމަލުކުރަން ޖެހޭ އެއްވެސް އުސޫލަކާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފައިވޭތޯ ކަމަށެވެ.
އެ މައްސަލާގައި ރޭ އެޗްއާރުސީއެމުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ގާތްތިމާގެ މީހުންގެ ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
މި މައްސަލަ ތަހުގީގުކުރަން ފުލުހުން އަންނަނީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ވެސް ހޯދަމުންނެވެ. އެނގިފައިވާ ގޮތުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ ވެސް ރަށު މީހުންގެ ޝަކުވާ ބޮޑުވެފައި ވާތީ ފުލުހުންގެ ތަހުގީގު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ގުރުއާން ހިިދުތަސްކުރުމުގެ މަޝްރޫއު 9 ރަށެއްގައި ފަށަނީ
7 ދުވަސް ކުރިން
0
ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު މަރުވެއްޖެ
9 ދުވަސް ކުރިން
0
ޒަކިއްޔާ ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހަދަން އެދިއްޖެ
11 ދުވަސް ކުރިން
0
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާ ދެނީ
12 ގަޑިއިރު ކުރިން
0
ޑްރަގާއެކު އެއްމާބަނޑު ދެބެން ހައްޔަރުކޮށްފި
12 ގަޑިއިރު ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
12 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
20 ގަޑިއިރު ކުރިން
0