ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޒަކިއްޔާ ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހަދަން އެދިއްޖެ
ހަސަން ހަލީމް
10 އޭޕްރީލް 2025 - 16:31
0
comments
Tweet
Telegram
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ގަބުރު ކޮނެގެން ނެގުމަށް ފަހު، އޭނާގެ އޮޓޮޕްސީ ހެދުމާ ބެހޭގޮތުން މަޝްވަރާކުރަން ޒަކިއްޔާގެ އާއިލާ ބަޔަކު ކަމާބެހޭ އިދާރާތަކުގައި އެދިއްޖެ އެވެ.
ސީޓީ ސްކޭނާއި އެމްއާރުއައި ބޭނުންކޮށް، ޒަކިއްޔާގެ ހަށިގަނޑުގެ ތްރީޑީ މޮޑެލެއް ތައްޔާރުކޮށްގެން ވާޗުއަލް އޮޓޮޕްސީއެއް ފުލުހުން ވަނީ ހަދައިފަ އެވެ. ބައެއް މީޑިއާތަކުން ވަނީ ޒަކިއްޔާ މަރުވީ އަމިއްލައަށްވީ ޒަހަމްތަކަކުން ކަން ރިޕޯޓުން ދައްކާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
ޒަކިއްޔާގެ ހަށިގަނޑު ކޮނެގެން ނެގުމަށް ފަހު އޮޓޮޕްސީ ހެދުމަށް އާއިލާގެ 20 މީހަކު ސޮއިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.
ތަފްސީލް - އާއިލާގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މައްޔިތާ ވަޅުލުމަށް ފަހު ވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެއް ކަމަށާއި ރާއްޖޭގައި ވެސް އާ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭ ގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އާއިލާއިން ބޭނުންވާ ކަން ސިޓީގައި ހާމަކޮށްފައިވެ އެވެ.
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ނުހަދާ އޮތުމުންނާއި ޒަކިއްޔާ މާރާލީ ކަމަށް ބުނެ ހޮޅުދޫގެ ގިނަ ބަޔަކު ގެންދިޔައީ އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ.
އެ މަރުގެ ވާހަކަ ރަށު ތެރޭގައި ހޫނުވެ ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ. އެފަދަ ކަމެއްގައި ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް ފަހުން ދޫކޮށްލާފައި ވެސް ވެ އެވެ. ޒަކިއްޔާގެ އާއިލާ ބައެއް މީހުންނަށް ވެސް އާއިލާގެ އެހެން މީހުން އެކި ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ރަށު ތެރޭގައި ދަނީ ފެތުރެމުންނެވެ.
ޒަކިއްޔާ، 50، ގެ ވާޗުއަލް އޮޓޮޕްސީ ހެދީ ފުލުހުންގެ ޓީމެއް މިދިޔަ މަހު އިންޑިއާއަށް ގޮސްގެން، އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވަ އެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.
ނަފްސާނީ މައްސަލަތަކެއް ވެސް ތަހަންމަލްކުރަމުން ދިޔަ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އޭނާގެ ކަރު އޮތީ ކިރިޔާ ބުރި ނުވެ ކަމަށް އެ މީހުން ބުނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި
2 މަސް ކުރިން
0
ޒަކިއްޔާގެ މަރުގައި ފުލުހުން އަމަލުކުރި ގޮތް އެންއައިސީން ބަލަނީ
2 މަސް ކުރިން
0
ފަސް މަސް ފަހުން ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމް އިން ބަލަން ފަށައިފި
7 މަސް ކުރިން
0
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
50 މިނެޓް ކުރިން
0
ފަނޑިޔާރުން ސަސްޕެންޑުކުރީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއަޅަން: އދ
60 މިނެޓް ކުރިން
0
ހައިކޯޓުގެ އިސްފަނޑިޔާރަކަށް ފައިސަލް އައްޔަންކުރަން ނިންމައިފި
1 ގަޑިއިރު ކުރިން
0
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
22 ގަޑިއިރު ކުރިން
0