ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި
އަލީ ރާޒީ
08 އޭޕްރީލް 2025 - 12:31
0
comments
Tweet
Telegram
ނ. ހޮޅުދޫގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ހަދައިފިއެވެ.
ޒަކިއްޔާގެ އާއިލާއާ ގާތް ގުޅުމެއް އޮތް ބައެއް ފަރާތަކުން އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައިވަނީ ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސްގެން މިދިޔަ ހަފުތާގަ އެވެ.
ވާޗުއަލް އޮޓޮޕްސީގައި ބޭނުންކުރާނީ ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ސްކޭން ފަދަ ޓެސްޓްތަކެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ސީދާ ބަހެއް ލިބިފައި ނުވާއިރު، ވާޗުއަލް ރިޕޯޓުން ދައްކާފައިވަނީ ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް މިކަން ފުލުހުންގެ ފަރާތުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޒަކިއްޔާ ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރު އެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ހޮޅުދޫއަށް ގެންގޮސް ވަޅުލީ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ.
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާއިރު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޯޕްސީ ނުހެދުމަކީ ގޯސް ނިންމުމެއް ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ބުނީ ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ދުވަސް ކުރިން
0
ޒަކިއްޔާ ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހަދަން އެދިއްޖެ
2 މަސް ކުރިން
0
ޒަކިއްޔާގެ މަރުގައި ފުލުހުން އަމަލުކުރި ގޮތް އެންއައިސީން ބަލަނީ
2 މަސް ކުރިން
0
ފަސް މަސް ފަހުން ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމް އިން ބަލަން ފަށައިފި
7 މަސް ކުރިން
0
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސެންޓްރަލް ޖަލު އެޅެންދެން ކަރެކްޝަންސަށް ވަގުތީ ގޮތުން ބިމެއް ދީފި
6 ގަޑިއިރު ކުރިން
0
ތުރާކުނު މިސްކިތުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި: އެމްޓީސީސީ
7 ގަޑިއިރު ކުރިން
0
އެމްޓީސީސީގެ ފްލެޓު މައްސަލާގައި ކުރީގެ ސީއީއޯ ޝާހް އަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
7 ގަޑިއިރު ކުރިން
0
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
7 ގަޑިއިރު ކުރިން
0