ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި
އިސްމާއިލް ރިޒާ
16 ފެބުރުއަރީ 2025 - 22:21
0
comments
Tweet
Telegram
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އައްޑޫ ސިޓީ ހިތަދޫ ގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފުކޮށްފިއެވެ.
އެ ބޭންކް އިން ބުނީ، މިރޭ ހުޅުވި އާ އޭޓީއެމްއިން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
މިރޭ އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާދެއްވީ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފާއި، އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްްމަދު ސައީދެވެ.
އައްޑޫ ހިތަދު އަށް އުފަން ޝަރީފު ވިދާޅުވީ، ޔޫއެސް ޑޮލަރުގެ ހިދުމަތަކީ އައްޑު އާއި އައްޑޫގެ ރައްޔިތުންނާއި ބީއެމްއެލްއާ ދެމެދު އޮތް ދުވަސްވީ ގުޅުމުގެ ލާމަސީލު ރަމްޒެއް ކަމަށެވެ.
"އަތޮޅުތަކުގައި އަޅުގަނޑުމެންގެ ފުރަތަމަ ގޮފި ހުޅުވީ އައްޑޫގައި. މިއަދު އައްޑޫ ސިޓީއަކީ ތިން ބްރާންޗާއި ނުވަ އޭޓީއޭމާއި ކޮންޓެކްޓް ސެންޓަރާ އެކު މާލެ ފިޔަވައި ބީއެމްއެލްގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ތަން ވެސް މެ،" ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔޫއެސްޑީ އޭޓީއެމްގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރުމަކީ، އެ ސިޓީގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބީއެމްއެލް އިން އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ. އެ ހިދުމަތާ އެކު، ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައި ވެސް ޔޫއެސްޑީގެ މުއާމަލާތް ކުރެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވ،ީ ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
"އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމާއެކު ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން،" އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ޑޮލަރު ޚިދުމަތް ތައާރަފުކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ.
"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 151 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ" ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
އައްޑޫގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ
6 ދުވަސް ކުރިން
0
ހަންކެޑެ މަޝްރޫއު ލަސްވާ މައްސަލަ މަޖިލީހަށް
7 ދުވަސް ކުރިން
0
އައްޑޫ ލިންކް ރޯޑް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފި
14 ދުވަސް ކުރިން
0
އައްޑޫގެ ކުޅިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މީހެއްގެ ގަޔަށް ކުލަ ފާޓާ އެޅި މައްސަލަ ފުލުހުން ބަލަނީ
4 ގަޑިއިރު ކުރިން
0
މަންދީއާއި ފައްޔާޒަށް ދައުވާ ކުރަން ފެމިލީ ކޯޓަށް ހުށަހަޅައިފި
4 ގަޑިއިރު ކުރިން
0
ކުރުސީއަކީ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށް ރަޝިއާއިން ބުނެފި
4 ގަޑިއިރު ކުރިން
0
މައުމޫންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި، އެއީ ކީއްވެގެން ކަމެއް، ހުކުމަކުން ނޭނގެ
6 ގަޑިއިރު ކުރިން
0