ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއް ވެސް: ގާސިމް
އިސްމާއިލް ރިޒާ
20 މެއި 2021 - 19:09
0
comments
Tweet
Telegram
ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ދިފާއު ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވާހަކަ ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ގާސިމް ވަނީ އީސަ އާއި ދަރިފުޅު ލޫތު އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ފޮޓޯއާ ގުޅިގެން ގާސިމް ވިދާޅުވެފައި ވަނީ އެއީ އީސަގެ ފޯނުގެ ސްކްރީނުން ފެންނަ ފޮޓޯ ކަމަށެވެ. އަދި "އެފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި" ކަމަށް އެ މެސުގައި ގާސިމް ވިދާޅުވެފައިވެ އެވެ.
"އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއް ވެސް. (އަދި ފިރިހެނުން ވެސް) ވީމާ ތަހުގީގު ކުރަން ވާނީ ވަރަށް އިންސާފުން ކަމަށް ދެކެން،" ގާސިމް ވިދާޅުވެފައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން އަންނަނީ ގާސިމް އެފަދައިން ވިދާޅުނުވާ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން ވަނީ އެ މެސްޖުތަކަކީ ގާސިމް ފޮނުއްވާފައިވާ މެސެޖުތަކެއް ކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ގެވެށި އަނިޔާގެ ގާނޫނަކީ ވެސް "ހައްދެއް ނެތް މިންވަރަށް" އަންހެނުން ހިމާޔަތްކުރާ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ.
އީސަގެ ދިފާއުގައި ގާސިމް ކުރެއްވި މެސެޖް އާންމުވެފައިވާއިރު މެސެޖްގައި ބޭނުންކޮށްފައިވާ ބައެއް އިބާރާތްތަކާމެދު އާންމުންގެ ފާޑުކިޔުން ގާސިމަށް ވަނީ އަމާޒުވެފައެވެ.
އީސައަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ހިމެނެ އެވެ.
އީސަ އާއި އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމް ދިރިއުޅުއްވި އެޕާޓްމަންޓް ތެރެއިން އަނިޔާގެ އަޑު އަވައްޓެރިންނަށް ވެސް އިވިފައި ވާއިރު އެ ހާދިސާ އަށް ފަހު، އަސްރާ ޑޮކްޓަަރަށް ވެސް ދައްކަން ދިޔަ ކަމަށްވެ އެެވެ. އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރިއިރު އެ ކުއްޖާއަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ އަސަރުކޮށްފައިވާ ކަމަށް ވެ އެވެ.
މަޖިލީހުގެ ލެޓާ ހެޑްގައި އީސަ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮމިޓީގެ މުގައްރިރު ކަމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.އޭނާ ވިދާޅުވީ، "ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން" އަރުވާ ކަމަށެވެ.
ފުލުހުންނަށް އިތުބާރު އޮތް ކަމަށް ބުނެ، އީސަ ވިދާޅުވީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕީޖީ އޮފީހުން މިހާރު ވަނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށްވެސް އެދިފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
ގޮންޖެހުންތަކުގެ ތެރެއިން ޖެންޑަރ އިކުއަލިޓީއާ ދިމާލަށް ރާއްޖެ..!
2 މަސް ކުރިން
0
އަންހެނުންނަށް މާލީ އެހީދޭ ސްކީމު އިފުތިތާހުކޮށްފި
3 މަސް ކުރިން
0
އިއްޔެ އިއްވެވީ އެންމެ ފުރިހަމަ ރިޔާސީ ބަޔާން: ގާސިމް
3 މަސް ކުރިން
0
މޯދީގެ ކިބައިން ރައީސް މައާފަށް އެދެންޖެހޭ: ގާސިމް
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
7،000 އަށް ވުރެ ގިނަ ކުދިންނާ އެކު އޯލެވެލް އިމްތިހާނު ފަށައިފި
39 މިނެޓް ކުރިން
0
ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް
49 މިނެޓް ކުރިން
0
ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ޝަހީދު
24 ގަޑިއިރު ކުރިން
0
ހުޅުމާލެ އަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ފިހާރައެއް
1 ދުވަސް ކުރިން
0